ސަފާރީން ފުވައްމުލަކަށް ފޭބި މީހުންނާ ކައިރިވި މީހުން ހޯދަނީ

ފުވައްމުލައް-- ފޮޓޯ: ގޫގުލް މެޕް

ފަތުރުވެރިން ތިބި ސަފާރީއަކުން ފުވައްމުލަކަށް ފޭބި މީހުންނާ ކައިރިވި މީހުން ހޯދަން އެރަށުގެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ކޮރޯނާވައިރަހަށް ޝައްކުކުރެވޭ ބަޔަކު ފެނިގެން މޮނީޓަރިން ހާލަތަށް ގެނައި ސަފާރީ އުޅަނދުން ކޮރޯނާއަށް ދެ މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް މިއަދު ސަރުކާރުން ވަނީ ބުނެފައެވެ.

އެ ފެރީ ފުވައްމުލަަކަށް ބަނދަރުކުރީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އޭގެ އަނެއް ދުވަހު އެ އުޅަނދު ވަނީ ފުރައިގެން ގޮސްފައެވެ. އަދި އޭގެ ފަހުން އިއްޔެ އެނބުރި އެ ރަށަށް އައިސް އެ ސަފާރީ ވަނީ ބަނދަރުކޮށްފައެވެ.

ފުވައްމުލަކު ކައުންސިލްއިން ބުނީ އެދުވަހު އެ ސަފާރީން ފައިބައިފަނީ ހަމައެކަނި އެ ސަފާރީގައި ތިބި މުވައްޒަފުންތަކެއް ކަމަށެވެ.

އެ ސަފާރީ ކަރަންޓީނުކޮށްފައިރު އެ އުޅަނދަށް ޒިޔާރަތްކޮށްފައިވަނީ އެރަށު ހޮސްޕިޓަލްގެ ޓީމަކުން ކަމަށާއި އަދި އެ އުޅަނދަށް ޒިޔާރަތްކުރީ ރައްކާތެރިކަމުގެ ފިޔަޅުތަކާއެކީ ކަމަށްވެސް ސިޓީ ކައުންސިލްއިން ބުންޏެވެ.

"އެހެންކަމުން ސަފާރީން ފުވައްމުލަކަށް ފޭބި މުވައްޒަފުން ކޮންޓެކްޓްވެފައިވާ ފަރާތްތަކުން ފަރުދީ ޒިންމާ ނަގައި، ފުވައްމުލަކު ހޮސްޕިޓަލްގެ ނަންބަރު 6860658 ފޯނަށް ގުޅައި މައުލޫމާތު ހިއްސާ ކުރެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ." ކައުންސިލްގެ ބަޔާނުގައިވެއެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.

comment ކޮމެންޓް