އެމެރިކާއިން ރާއްޖެއަށް ހެޒްމެޓް ސޫޓް ހަދިޔާކޮށްފި

ޅޭ އެމްއެންޑީއެފްގެ އޮފިޝަލުން ބޭނުންކުރާނެ ހެޒްމެޓް ސޫޓް އެމެރިކާ އިން ހަދިޔާކުރުން ----

ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ގެންދާއިރު އެ މަސައްކަތުގައި އުޅޭ އެމްއެންޑީއެފްގެ އޮފިޝަލުން ބޭނުންކުރާނެ ހެޒްމެޓް ސޫޓް އެމެރިކާ އިން ހަދިޔާކޮށްފިއެވެ.

ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ވަނީ އެ ތަކެތި އެމްއެންޑީއެފް އާއި ހަވާލު ކުރައްވައިފައެވެ. އެމެރިކާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 400 އެއްހައި ސޫޓެވެ. މިއީ ރާއްޖެއިން އެދިިގެން އެމެރިކާ އިން ހަދިޔާކުރި ތަކެއްޗެވެ.

މީގެ ކުރިން އެމްއެންޑީއެފް އިން ބުނެފައިވަނީ މިވަގުތަށް ވާވަރަށް ހެޒްމެޓް ސޫޓް އެބަހުރި ކަމަށާއި އަދިވެސް އިތުރަށް އެތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް ނުވަ މީހަކު ޕޮޒިޓިވް ވެފައިވާއިރު އައިސޮލޭޝަންގައި 15 މީހަކު އަދި އަރަންޓީނުގައި 13 މީހަކު އެބަތިއްބެވެ.

މި ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެހީވުމަށް އިންޑިއާ އިންވެސް މިއަދު ވަނީ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ފޮނުވައިފައެވެ.

މިހާތަނަށް މި ބަލީގައި 5117 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 134 ގައުމުން 139285 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

comment ކޮމެންޓް