ޕީޓަ ޕޭންގެ ލައިވް އެކްޝަން ފިލްމެއް ހަދަނީ

ޕީޓަ ޕޭން ގެ ލައިވް އެކްޝަން ފިލްމެއް ހަދަނީ---

އެނިމޭޓެޑް ފިލްމު "ޕީޓަ ޕޭން"ގެ ލައިވް އެކްޝަން ފިލްމެއް ހެދުމަށް ތައްޔާރުވެއްޖެއެވެ.

"ޕީޓަ ޕޭން އެންޑް ވެންޑީ"ގެ ނަން ދީފައިވާ ފިލްމުގެ މައިގަނޑު ކެރެކްޓާތައް މިހާރު ހަމަޖައްސައިފައިވާއިރު ޕީޓަ ޕޭންގެ ރޯލުން ފެނިގެންދަނީ އެލެގްޒެންޑާ މޮލަނީއެވެ. އަދި ވެންޑީގެ ރޯލަށް ހަމަޖައްސައިފައިވަނީ ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ އިވާ އެންޑަސަނެވެ. 1953 ވަނަ އަހަރު ނުކުތް އެނިމޭޓެޑް ފިލްމު "ޕީޓަ ޕޭން" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ޕީޓަ ޕޭންގެ ލައިވް އެކްޝަން ފިލްމުގެ ޑައިރެކްޓަރަކީ ޑޭވިޑް ލޮވެރީއާއެވެ. އޭނާއަކީ "ޕީޓްސް ޑްރެގަން"ގެ ޑައިރެކްޓަރުވެސް މެއެވެ.

ފިލްމު ހަދާކަން އިއުލާންކުރި ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ޑިޒްނީއިން އަންނަނީ އެނިމޭޓެޑް ގިނަ ފިލްމުތަކެއްގެ ލައިވް އެކްޝަން ފިލްމު ތައްޔާރުކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ފިލްމުތަކެއް މިހާރު ވަނީ ސިނަމާތަކުގައި އަޅުވާ ބޮޑު ކާމިޔާބީއެއް ވެސް ހޯދާފައެވެ. އެ ފިލްމުތަކުގެ ތެރޭގައި "ލަޔަން ކިންގް"، "އަލާޑިން" އަދި "ޑަމްބޯ" ހިމެނެއެވެ.

ޑިޒްނީން ދެން އެންމެ އަވަހަށް ގެނެސްދޭން އޮތް ލައިވް-އެކްޝަން ފިލްމަކީ "މުލާން" ެވެ. އެ ފިލްމު ރިލީޒްކުރާނީ މި މަހު 27 ގައެވެ. ޑިޒްނީން ވަނީ އެނިމޭޓެޑް ފިލްމު "ދަ ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމުވެސް ހަދާކަން އިއުލާންކޮށްފައެވެ.

comment ކޮމެންޓް