މަސްތުގެ ހާލަތުގައި ހުރި މީހަކު ނައިބު ރައީސްގެ ކާރުކޮޅަށް ގެއްލުންދީފި

ޖެނުއަރީ 12، 2020: ނައިބު ރައީސް ފައިސަލް ނަސީމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުގެ ހާލަތުގައި ހުރި މީހަކު ނައިބު ރައީސް ފައިސަލް ނަސީމުގެ ކާރުކޮޅަށާއި އިތުރު އުޅަނދުތަކަކަށް ގެއްލުން ދީފިއެވެ.

ފުލުހުން ބުނީ ހިލާލީގެ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އުޅަނދުތަކަކަށް ގެއްލުންދޭ ކަމުގެ މައުލޫމާތު މިއަދު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"މި މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހިލާލީގެ ކައިރީގައި އޮތް ނައިބު ރައީސްގެ ކާރުކޮޅުގެ ވައިޕަރާއި ނަންބަރު ބޯޑު ބިންދާލައި، ގެއްލުން ދީފައިވޭ،" ފުލުހުން ބުނެ އެވެ.

ނަމަވެސް އިތުރު އުޅަނދަކަށް ދިން ގެއްލުމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް