ޓްރީ ޓޮޕްގެ ރިހަބިލިޓޭޝަން ސެންޓަރުގައި ކުޑަކުދިންނަށް ހާއްސަ އެނެކްސްއެއް ހުޅުވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޝަން ސެންޓަރުގައި އަލަށް ގާއިމުކޮށްފައިވާ ކުޑަކުދިންގެ އެނެކްސް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޝަން ސެންޓަރުގައި ކުޑަކުދިންގެ ފަރުވާއަށް އިސްކަންދިނުމަށް ކުޑަކުދިންގެ އެނެކްސްއެއް ހުޅުވައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު މި އެނެކްސް ހުޅުވާފައި ވަނީ ތެރަޕީ ބޭނުންވެފައިވާ ކުޑަކުދިންގެ އަދަދު ގިނަވެ، ބޮޑެތި މީހުންނާއި ވަކި މާހައުލެއްގައި އެ ހިދުމަތް ދިނުމުގެ ގޮތުންނެވެ.

ރިހެބިލިޓޭޝަން ސެންޓަރުގައި އިތުރު ކުރެވުނު ސަރަހައްދުގައި ކުޑަކުދިންނަށް ޙާއްސަކޮށްގެންދެވޭ ފަރުވާގެ ތެރޭގައި އަލަށް ވިހާ ކުދިންގެ ހެދިބޮޑުވުމަށް އެހީވެދޭ މަސާޖާއި ކުދިން ހެދިބޮޑުވުމުގައި ދިމާވާ އެކި ހުރަސްތަކާއި މައްސަލަތަކަށް ދޭ ފަރުވާ ހިމެނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޝަން ސެންޓަރުގައި އަލަށް ގާއިމުކޮށްފައިވާ ކުޑަކުދިންގެ އެނެކްސް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ކުއްޖަކަށް ވެސް ވަކިވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް ޓަކައި އެ ސެންޓަރުގައި ތައްޔާރުކޮށްފައި ހުންނަނީ އެއްގަޑިއިރުގެ ސެޝަންތަކެކެވެ. އެއާ އެކު އޯޓިޒަމް، ސެރީބްރަލް ޕަލްސީ އަދި ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ހާއްސަ ސަމާލުކަމާ އެކު ފަރުވާ ދިނުމަށް މަގުފަހިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރިހަބިލިޓޭޝަން ސެންޓަރަކީ ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީގެ ފަރުވާއަށް ޙާއްސަކޮށްގެން ކުދިބޮޑު އެންމެންނަށް ފަރުވާދެވޭ ގޮތަށް ކުރިއަށްގެންދާ ސެންޓަރެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޝަން ސެންޓަރުގައި އަލަށް ގާއިމުކޮށްފައިވާ ކުޑަކުދިންގެ އެނެކްސް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ދާއިރާތަކަށް ހާއްސަ ތެރަޕިސްޓުން މެދުވެރިކޮށް އެ ސެންޓަރުން ދޭ ހިދުމަތްތަކުގެ ބޭނުންކުރަނީ އެންމެ ޒަމާނީ އާލާތްތަކާއި މެޝިނަރީތަކެވެ.

އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ފިޒިއޯތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީތަކަށް އާސަންދައިގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އެޕޮއިންޓްމަންޓް ހޯދުމާ ގުޅޭ ގޮތުން ކޮންޓެކްޓް ސެންޓަރު 3351610 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އިތުރު މައުލޫމާތު ލިބޭނެ އެވެ.

comment ކޮމެންޓް