އުރީދޫ ނަންބަރުތަކަށް ގުޅުމުން ކޮރޯނާ އަށް ހޭލުންތެރިކުރުމުގެ މެސެޖް

އުރީދޫ "އެކު" ކެމްޕެއިން އިފްތިތާހު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫގެ ނަންބަރުތަކަށް ގުޅުމުން ފޯނު ރިންގުވާ އަޑުގެ ބަދަލުގައި، ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތަކާ ގުޅޭ ހޭލުންތެރި ކުރުމުގެ މެސެޖު އަޑުއިވޭ ގޮތަށް ހަދައިފި އެވެ.

އެޗްޕީއޭގެ ފަރާތުން ގެނެސްދޭ މެސެޖެއްގެ ގޮތުގައި އަޑު އިއްވާދޭ އެ މެސެޖުގައި ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަށް އިލްތިމާސް ކުރެ އެވެ.

ބަލިވެ އުޅޭނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށާއި ހުންއައިސް ރޯގާ ޖެހިފައި ތިބޭ މީހުން މާސްކު އަޅައި، ސިއްހީ އެހީތެރިންގެ ލަފާ ހޯދުމަށް އިލްތިމާސް ކުރެ އެވެ.

ކޮރޯނާ ވައިރަސްގެ އަށް ކޭސް މިހާތަނަށް ރާއްޖެއިން ވަނީ ފެނިފަ އެވެ. ވައިރަަސް ފެނިފައިވަނީ ތިން ރިސޯޓެއްގައި ތިބި އަށް ބިދޭސިންގެ ފަރާތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ ރިސޯޓާއި ބަތަލާ އަދި ކުރަމަތި ރިސޯޓެވެ. މި ތިން ރިސޯޓު ލޮކްޑައުންގައި ބޭއްވުމަށްފަހު، ރޭ ވަނީ އަލުން ހުޅުވާލައިފަ އެވެ.

comment ކޮމެންޓް