އާދަޔާ ހިލާފު ހުދު ދެ ޒަރާފާ މަރާލައިފި

މަރާލާފައި ވަނީ 2017 ވަނަ އަހަރު ފެނުނު މަންމަ އާއި ދަރިފުޅު ޒަރާފާ --- ފޮޓޯ : ބީބީސީ

ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ޒަރާފާއެއް ކަމަށްވާ ހުދު ޒަރާފާތަކުގެ ތެރެއިން ދެ ޒަރާފާއެއް، މަރާލާފައި އޮއްވައި ފެނިއްޖެ އެވެ.

އެފްރިކާގެ ކެންޔާގެ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި ދިރިއުޅެމުންދާ ޒަރާފާތަކެއް މަރާލާފައި ވަނީ، ޖަނަވާރު ހިފައި ވަގު ވިޔަފާރިކުރާ ބައެއް ކަމަށް އިޝްކަބިނީ ހިރޯލާ ކޮންސަވެންސީ އިން ބުނެފައިވެ އެވެ.

ކެންޔާގެ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ހުދުކުލައިގެ ދެ ޒަރާފާ އެންމެ ފުރަތަމަ ފެނިފައި ވަނީ 2017 ވަނަ އަހަރުގަ އެވެ. އެ އަހަރު ބުނެފައި ވަނީ އެ ސަރަހައްދުން ފެނިފައި ވަނީ އަންހެން ޒަރާފާއަކާއި އޭތީގެ ދަރި ޒަރާފާ އެވެ.

ކެންޔާގެ ވައިލްޑްލައިފް ސާވިސް އިން ބުނެފައި ވަނީ މަރާލާފައި އޮއްވާ ފެނުނީ އަންހެން ޒަރާފާއާއި އޭތީގެ ދަރި ޒަރާފާ ކަމަށެވެ.

އެ ސާވިސް އިން ބުނާގޮތުގައި، ޒަރާފާ މަރުވެފައިވާތާ ހަތަރު ވަރަކަށް މަސް ވެދާނެ ކަމަށެވެ.

"މިއީ ވަރަށް ހިތާމަވެރި ހަބަރެއް. ހަމައެކަނި އަޅުގަނޑުމެނަށް ދެރަ ވާހަކައެއް ނޫން. މިއީ މުޅި ކެންޔާއަށް ވެސް ހިތާމަވެރި ހަބަރެއް. މުޅި ދުނިޔޭގައި ވެސް ތިބި ހުދު ޒަރާފާތަކުގެ ތެރެއިން އެއްޗެހިތަކެއް މަރުވެފައި އެވަނީ،" ވައިލްޑް ލައިފް ސާވިސް އިން ބުންޏެވެ.

ވައިލްޑް ލައިވް އިން ބުނިގޮތުގައި ކެންޔާގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ޖުމްލަ ތިން ހުދު ޒަރާފާ އުޅޭނެ ކަމަށެވެ. ނަމަވެސް މިހާރު ދެ ޒަރާފާ މަރާލާފައިވުމުން ބާކީ ހުންނާނީ ފިރިހެން ޒަރާފާއެއް އެކަނި ކަމަށް އެ ސާވިސް އިން ބުނެ އެވެ.

comment ކޮމެންޓް