މޭޔަރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ މެދުގައި ބަހުސެއް ބާއްވަނީ

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް --- ފޮޓޯ: ޕީއެސްއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުކަމަށް ކުރިމަތިލައްވާ ބޭފުޅުންނަށް ހާއްސަކޮށްގެން ބަހުސެއް ބާއްވަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފިއެވެ.

ޕީއެސްއެމްއިން ބާއްވާ އެ ބަހުސް ގެނެސްދޭނީ ހަމައެކަނި ދިވެހިރާއްޖޭގެ އަޑުންނެެވެ.

އެ ބަހުސްތައް ގެންދާނީ ކޮންމެ ސިޓީއެއްގައިވެސް ވަކިންނެވެ.

ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު މޭޔަރުން ހޮވަނީ މުޅި ސިޓީގެ އެންމެންގެ ވޯޓަކުންނެވެ. އޭގެ ތެރެއިން ކުޅުދުއްފުށީ ސިޓީގެ މޭޔަރު ހޮވާނީ ހދ. އަތޮޅުގެ ހުރިހާ ރައްޔިތުންގެ ވޯޓަކުންނެވެ.

އަޑުގެ ރޭޑިއޯ ޕްރޮޑަކްޝަންސް މެނޭޖަރު ނަސްރުﷲ އިދުރީސް މިރޭ "ސަން" އަށް ވިދާޅުވީ އެ ބަހުސްތައް ކުރިއަށްގެންދާނީ ތިން ބުރަަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ބުރެއްގައި ތިން ސުުވާލު ކޮންމެ ކެންޑިޑޭޓަކަށް ކުރާނެ ކަަމަށެވެ.

"އާންމުންނަށްވެސް ސުވާލު ފޮނުވޭނެ ބަހުސް ބާއްވާ ދުވަހުގެ މެންދުރު 12 ޖަހަންދެން. ދެން އޭގެ ތެރެއިން ތިން ސުވާލު އަޅުގަނޑުމެން ގުރުއަތު ނަގާނީ،" ނަސްރުﷲ ވިދާޅުވިއެވެ.

ސުވާލުތައް ފޮނުވުމަށް ( MB ސްޕޭސް ސުވާލު) ޖެހުމަށްފަހު އެސްއެމްއެސް ކުރެވޭނެއެވެ. އެސްއެމްއެސް ކުރާނީ 300 އަށެެވެ.

ބަހުސް ބާއްވާ ތާރީހުތައް

  • ފުވައްމުލައް ސިޓީ - 14 މާޗް
  • އައްޑޫ ސިޓީ - 16 މާޗް
  • ކުޅުދުއްފުށީ ސިޓީ - 21 މާޗް
  • މާލެ ސިޓީ - 28 މާޗް
comment ކޮމެންޓް