އެމްއެފްއޭ ފިލްމު އެވޯޑަށް ފިލްމުތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން---

ލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ފިލްމު އެވޯޑްސް އަށް ފިލްމުތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެފްއޭ އިން ބުނީ ހަތަރު ވަނަ އެމްއެފްއޭ ފިލްމު އެވޯޑްސް އަށް ފިލްމުތައް ހުށައެޅުމުގެ ސުން ގަޑިއަކީ މި މަހު 27 ވަނަ ދުވަހުގެ 18:00އެވެ. ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ފިލްމު އެވޯޑް އަންނަ މަސްތެރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ. 28 ކެޓަގަރީ އަކުން އެވޯޑް ދިނުމަށް ނިންމާފައިވާއިރު އެމްއެފްއޭ ފިލްމު އެވޯޑްސް އެންމެ ފަހުން ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ.

މޯލްޑިވްސް ފިލްމް އެވޯޑްސް އަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތެރިވާ ފަންނާނުންގެ އަގުވަޒަންކުރުމަށް 2011 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. އަދި އެ އެވޯޑް މިހާތަނަށް ތިން ފަހަރަކު ދީފައިވެ އެވެ.

comment ކޮމެންޓް