ދަނގެތީގެ ބޭސް ފިހާރަ ފަޅާލައި ވައްކަންކޮށްފި

އދ. ދަނގެތި --

އދ. ދަނގެތީގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރަ ފަޅާލައި ވައްކަންކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޭސްފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަންކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 07:30 ކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށެވެ.

މިހާތަނަށް ބެލިބެލުމުން 15،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް