މަސް ހިފަން ފީނި ސިފައިންގެ މީހަކު މަރުވެއްޖެ

ގެއްލުނު ސްޓާފް ސާޖަންޓް ޔައުގޫބް. އޭނާގެ ހަށިގަނޑު ކަނޑު އަޑިން ވަނީ ހޯދާފައި---

މަސް ހިފަން ފީނަނިކޮށް ގެއްލުނު ސިފައިންގެ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި ވަނީ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ޔައުގޫބު އަހުމަދެވެ. އޭނާ އަކީ، ޖެވެއިލިން އުކުމުގެ ގައުމީ ޗެމްޕިއަނެއްގެ އިތުރުން މީގެ ކުރިން ގައުމީ އެތްލެޓިކްސް ޕޫލްގައި ހިމެނުނު ދުވުންތެރިއެކެވެ.

އެމްއެންޑީއެފުން ބުނީ، ދަނގަޑު ހަރައިގެން ފަރުމަސް ހިފަން ފޭބި ޔައުގޫބުގެ ހަށިގަނޑު ފެނުނީ މޫދުއަޑިން ކަމަށެވެ. ޔައުގޫބުގެ ހަށިގަޑު ފެނުނީ، އޭނާ ހޯދަން ޑައިވްކުރި ސިފައިންގެ ކޯސްޓް ގާޑުގެ ޑައިވަރުންނަށެވެ.

އޭނާ ހަށިގަޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް