މޫފުށި ރިސޯޓުން ހިމަންދޫ ސްކޫލަށް ފަރުނީޗަރު ހަދިޔާކޮށްފި

ފަރުނީޗަރުތައް ހިމަންދޫއަށް ބާލަނީ--- ފޮޓޯ: ހިމަންދޫ ސްކޫލް

އއ. އަތޮޅުގައި ހިންގާ ކޮންސްޓަންސް މޫފުށި ރިސޯޓުން އެ އަތޮޅު ހިމަންދޫ ސްކޫލަށް ފަރުނީޗަރު ހަދިޔާކޮށްފިއެވެ.

ކޮންސްޓަންސް މޫފުށިން ހިމަންދޫ ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކުދި ސައިޑް މޭޒާއި، ގޮނޑިއާއި ސްޓޫލްގެ އިތުރުން ޑައިނިން ގޮނޑިއާއި ބިހުގެ ބައްޓަމަށް ހަދާފައިވާ މޭޒު ހިމެނެއެވެ.

އޭގެ އިތުރުން ފުޓްސެލްއާއި ވޮލީ އަދި ބާސްކެޓް ކުޅެން ބޭނުންކުރާ ބޯޅައިގެ އިތުރުން އެކި ވައްތަރުގެ ފޮތްތަކާއި ޕޯސްޓަރުތައްވެސް މޫފުށިން ސްކޫލަށް ހަދިޔާ ކުރިއެވެ.

ގާތްގަނޑަކަށް 140،000 އަށް އަގުކުރެވޭ މި ތަކެތި ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

ހަދިޔާ ކުރި ފަރުނީޗަރުތަކަކީ ކުރިން ބޭނުންކޮށްފައި ހުރި ފަރުނީޗަރުތަކެއް ނަމަވެސް އެތަކެތީގެ ހާލަތު ރަނގަޅުކަމަށް ހިމަންދޫ ސްކޫލްއިން ބުންޏެވެ. އަދި ބުނީ އޭގެ ތެރެއިން ގިނަ ފަރުނީޗަރުތައް ބޭނުންކުރާނީ ސްކޫލްގެ އައުޓްޑޯގައި ކަަމަށެވެ.

މީގެ ކުރިންވެސް މޫފުށިން ވަނީ ހިމަންދޫ ސްކޫލަށް ތަކެތި ހަދިޔާކުރެއެވެ.

ގްރޭޑް އެކަކުން ފެށިގެން 10 އަކަށް ކިޔަވައިދޭ ސްކޫލްގައި 241 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

comment ކޮމެންޓް