ކޮރޯނާގެ ސަބަބުން ބެއިޖިން ފިލްމު ފެސްޓިވަލް ފަސްކޮށްފި

ބެއިޖިން ފިލްމު ފެސްޓިވަލް ވަނީ ފަސްކޮށްފައި----

ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ބެއިޖީންގެ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ފަސްކޮށްފި އެވެ.

ބެއިޖިންގެ 10 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ބާއްވަން ނިންމީ އަންނަ އޭޕްރިލް މަހުގެ 19 އިން 26 އަށެވެ. ފިލްމު ފެސްޓިވަލް ފަސްކުރީ ފެސްޓިވަލް ހުރިހާ ގެސްޓުންގެ ވެސް ރައްކާތެރިކަމަށް ޓަކައި ކަމަށާއި އަދި އާންމުންގެ ވެސް ރައްކާތެރިކަމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުއްދަތެއް ނެތި ފަސްކުރި ފިލްމު ފެސްޓިވަލް ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ރާވަފައިވާ އިވެންޓުތައް ކޮރޯނާ ވައިރަސްގެ ސަބަބުން އަންނަނީ ފަސްކުރަމުންނެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު