ޖެކަލީން އާއި އާސިމްގެ ލަވަ ދައްކާލައިފި

މެރޭ އަނގްނޭމޭ ގެ ޕޯސްޓަރެއް--

ކަލާޒް ޗެނެލުން ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13ގެ ރަނަރަޕް އާސިމް އާއި ބަތަލާ ޖެކަލީން ފާނަންޑޭޒް ހަރަކާތްތެރިވާ ލަވަ "މެރޭ އަނގްނޭމޭ" ދައްކާލައިފި އެވެ.

އެ ލަވައަކީ ހޯލީ ލަވައެކެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އާއި ރާޖާ ހަސަންގެ ހިތްގައިމު އަޑުން އެ ލަވައިވިގެންދާއިރު އެ ލަވަ ޑައިރެކްޓްކުރީ ރާދިކާ ރާއޯ އަދި ވިނޭ އެވެ.

އާސިމް ވަނީ މީގެ ކުރިން ބޮލީވުޑްގެ ފިލްމެއްގައި ހަރަކާތްތެރިވެފަ އެވެ. އެއީ 2014 ވަރުން ދަވަނާ އެކު ގެނެސްދިން ފިލްމު "މޭ ތޭރޯ ހީރޯ" އިންނެވެ. އޭނާ ވަނީ ބޮލީވުޑްގެ ބައެއް އިސްތިހާރުތަކުން ވެސް ފެނިގެން ގޮއްސަ އެވެ.

comment ކޮމެންޓް