މަޖިލީހުގައި މެމްބަރުންނަށް ވޯކް ސްޓޭޝަންތައް ގާއިމުކޮށްފި

ރައްޔިތުންގެ މަޖިލިސް --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް މަޖިލީހުގައި މަސައްކަތް ކުރެވޭނެ ގޮތަށް ވޯކް ސްޓޭޝަންތައް ހަދައި އިއްޔެ ހަވާލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ފާއިތުވި ހުރިހާ ދުވަހު، މަޖިލީހުގެ ތަޅުމުގައި ހުންނަ ގޮނޑިއާއި މޭޒު ފިޔަވައި މަޖިލިސް މެމްބަރުން މަސައްކަތް ކުރާނެ ގޮނޑިއާއި މޭޒު މަޖިލީހުގައި ނެތް ކަމަށެވެ.

އެހެން ނަމަވެސް އިއްޔެ ކޮންމެ މެމްބަރަކަށް ވެސް މަޖިލީހުގައި މަސައްކަތް ކުރެވޭނެ ގޮތަށް، ގޮނޑިއާއި މޭޒު ބަހައްޓައި ސްޓޭޝަން ގޮޅިއެއް ހަވާލުކޮށްފައިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިހާރު ކޮންމެ މެމްބަރަކަށް ވެސް އެ މެމްބަރެއްގެ ދާއިރާގެ ރައްޔިތުންނާ މަޖިލީހުގައި ބައްދަލުކުރުމުގެ ފުރުސަތު ފަހިވެފައިވާނެ ކަމަށެވެ.

"މިހާރު ކޮންމެ އިއްޒަތްތެރި މެމްބަރަކަށް ވެސް މަސައްކަތް ކުރާ މޭޒަކާއި ގޮނޑިއަކާ ހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް