ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހަމަވާނެ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ: --- ސަން ފޮޓޯ ފަޔާޒު މޫސާ

ރާއްޖޭގެ ދަރިވަރުންނަށް ވީހާވެސް ގިނަ މަތީ ތައުލީމްގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު ހުޅުވާލި ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ.

އެ ލޯނަށް އެދުމުގެ ގޮތުން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ މުއްދަތު، މާދަމާގެ މެންދުރު 1:30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި 550 ލޯންގެ ފުރުސަތުގެ ދަށުން އެ ލޯނަށް މިހާރު ކިޔަވަމުންދާ ކުދިންނާ އަލަށް ކިޔަވަން ފަށަން ބޭނުންވާ ކުދިންނަށް ވެސް ކުރިމަތިލެވޭނެ އެވެ.

ލޯންތައް ދޫކުރާ ދާއިރާތައް:

  • ޑިޕްލޮމާ ލެވެލް - 45 ފުރުސަތު
  • ލައިސަންސް ޕްރޮގްރާމްތަކަށް - 30 ފުރުސަތު
  • ފުރަތަމަ ޑިގްރީއަށް - 252 ފުރުސަތު
  • މާސްޓާސް - 126 ފުރުސަތު
  • ޕީއެޗްޑީ - 10 ފުރުސަތު
  • އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް - 87 ފުރުސަތު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައިވާ ގޮތުގައި މިފަހަރުގެ ސްކީމްގައި މެޑިކަލް ދާއިރާއިން ސްޕެޝަލައިޒް ވުމަށް 11 ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އޭގެ އިތުރުން ލައިސަންސްއިން ދާއިރާތަކަށް ޕައިލެޓް ކޯހުގެ އިތުރުން ވޯޓާ ސްޕޯޓްސް ލައިސަންސްތަކަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިފަހަރުގެ ލޯން ސްކީމުގައި ސަރުކާރުގެ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށްވެސް ލޯނުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ؛

  • ވޯޓާ އެންޑް ސްވަރޭޖް މެނޭޖްމަންޓް
  • ސްވަރޭޖް މެނޭޖްމަންޓް
  • ކްރިއޭޓިވް ޑިޒައިން
  • ފިޝަރީޒް އެންޑް މެރިން ރިސޯސާސް
  • އެގްރިކަލްޗާ
comment ކޮމެންޓް