ދަނޑުވެރިކަމުގެ ލޯންގެ 30 ޕަސެންޓް އަންހެނުންނަށް ދެނީ

މިނިސްޓަރ ޒަހާ ހައިޑްރޮޕޮނިކްސް ސިސްޓަމްތައް ބަހައްޓާފައިވާ ގޭގެޔަށް ޒިޔާރަތްކޮށްލެއްވުން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ދަނޑުވެރިންނަށް ހާއްސަކޮށްދޭ، "ދަނޑުވެރި ނަފާ" ލޯން ޕްރޮގްރާމްގެ ޖުމްލަ ފަންޑުގެ 30 ޕަސެންޓް ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ހާއްސަކުރުމަށް ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެގޮތަށް އެ ނިންމުން ނިންމީ ދަނޑުވެރިކަމަކީ އިގްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެން ކަނބަލުން ބާރުވެރި ކޮށް އަންހެނުން ކުރާ މަސައްކަތްތައް ތަރައްގީކުރުން ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އާބަން އެގްރިކަލްޗާ ޕްރޮޓެކްޓަޑް އެގްރިކަލްޗާ، ޓެރެސް ނުވަތަ ވާޓިކަލް އެގްރިކަލްޗާ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާއަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޯން ޕްރޮޤްރާމްގެ ފޯމް އެސް.ޑީ.އެފް.ސީ އިންނާއި މިމިނިސްޓްރީން ލިބެން ހުންނާނެ ކަަމަށާއި އަދި މިނިސްޓްރީއަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

comment ކޮމެންޓް