ކޮންމެ ނަމާދެއްގެ ފަހަތުގައި ގުނޫތު ކިޔަން ފަށަނީ

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ނާމާދު ކުރެއްވީ މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ނަމާދުގައި ގުނޫތު ނާޒިލާ ކިޔާގޮޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

ޗައިނާގެ ވުހާންއިން ފެތުރެން ފެށި ކޮވިޑް-19 ބަލި މިހާރު ރާއްޖެއިންވެސް ވަނީ ފެނިފައެވެ. ކޮވިޑް -19 ޖެހިފަިއވާ ދެމީހުން ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެކަމާ ގުޅިގެން އެ ރިސޯޓް މިހާރު ވަނީ ލޮކްޑައުންވެސް ކޮށްފައެވެ.

ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވްވި ދެމީހުން ކުރެއްދޫ އިން ފެނުމާއެކު އެ ރިސޯޓުގެ ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފަ އެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުން ބަލި ފެނިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަ ފަހުން ބައްޔަށް ޕޮޒިޓިވްވިކަން އަންގާފައިވަނިކޮށެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ޖަލުތަކުގެ ގައިދީންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން މިހާރު ވަނީ ފަށައިފައެވެ.

comment ކޮމެންޓް