އެމްއައިބީގައި ބޭނުން ނުކޮށް ހުރި 200 އަށްވުރެ ގިނަ އެކައުންޓް އުވާލަނީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން ބޭނުން ނުކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އެކައުންޓު ތަކުގެ މައުލޫމާތު އާންމުކޮށްފިއެވެ.

އެ ބޭންކުން ވަނީ މިފަދަ 235 އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފައެވެ.

އެމްއައިބީ އިން ބުނީ ރާއްޖޭގެ ބޭންކިން ގަވައިދުގާ ބުނާ ގޮތަށް ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އެކައުންޓުތަކަކީ ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައަޅާފައި ވާނީ މި މުއްދަތުގައި އެކައުންޓު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ ކަމަށް އެ ބޭންކުން ބުންޏެވެ.

ޑޯމަންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ލިޔުން ފޮނުވާފައިވާނެ ކަމަށާއި އެ ކަސްޓަމަރުންގެ ފަރާތުން 60 ދުވަހުގެ ތެރޭގައި ޖަވާބެއް ނުލިބިއްޖެނަމަ އެކައުންޓުތަކުގައިވާ ފައިސާ މަރުކަޒީ ބޭންކް އެމްއެމްއޭ އާ ހަވާލު ކުރާނެކަމަށްވެސް އެމްއައިބީ އިން ބުންޏެވެ.

އެކައުންޓް އެކްޓިވޭޓު ކުރަން ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދޭ ފޯމު ފުރުމަށް ފަހު، އެމްއައިބީގެ ބްރާންޗަކަށް ހުށަހެޅުމަށް އެ ބޭންކުން ވަނީ އެދިފަ އެވެ. އަދި ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވުމަށް ފަހު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗަކަށް ހުށަހެޅުމުން އެ ފައިސާ ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

comment ކޮމެންޓް