"ތޯ"ގެ އާ ފިލްމުުގެ ވިލަން އަކީ ބޭލް

ކްރިސްޓިއަން ބޭލް --- ފޮޓޯ : އެންޓަޓެއިންމެންޓް ޑެއިލީ

މާވެލްގެ މަޝްހޫރު ސުޕަހީރޯ ފްރެންޗައިޒް ކަމަށްވާ "ތޯރ"ގެ އާ ފިލްމު "ލަވް އެންޑް ތަންޑާ"ގެ ވިލަން އަކަށް މަޝްހޫރު އެކްޓަރު ކްރިސްޓިއަން ބޭލް ހަމަޖައްސައިފި އެވެ.

ލަވް އެންޑް ތަންޑާ ގައި މުހިއްމު ރޯލެއް ކުޅުމަށް ބޭލް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މީގެކުރީން ވަނީ އަޑުތަކެއް އަރާފައެވެ. ނަމަވެސް އޭނާގެ ރޯލާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން ފިލްމުގެ ޕްރޮޑަކްޝަންގެ ފަރާތުން ބުނެފައިވަނީ ފިލްމުގެ ވިލަންގެ ރޯލު ކުޅޭނީ ބޭލް ކަމަށެވެ.

ބޭލް އަށް ފްރެންޗައިޒް ފިލްމެއް ކުޅުމުގެ ފުރުސަތު އެ ލިބިގެން ދިޔައީ އެތައް އަހަރުތަކަކަށް ފަހުގައެވެ. އެގޮތުން އެންމެ ފަހުން އޭނާ ފްރެންޗައިޒްއަކުން ފެނިގެން ގޮސްފައި ވަނީ ޑީސީގެ ބެޓްމޭން ސީރީޒްގެ "ޑާކް ނައިޓް ރައިޒެސް" އިންނެވެ.

އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ ޓެސާ ތޮމްސަން އާއި ނެޓަލީ ޕޯޓްމަން އެވެ. އެ ފިލްމުގެ ތޯރ ގެ ރޯލުން ފެނިގެންދާނީ ޖޭން ފޯސްޓާގެ ކެރެކްޓަރެވެ. ޖޭން ފޯސްޓާގެ ރޯލު ކުޅޭނީ ނެޓަލީއެވެ. އެ ފިލްމުގެ ބައެއް މަންޒަރުތަކުން ތޯގެ ރޯލު ކުޅެފައިވާ ކްރިސް ހެމްސްވޯތު ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް