ޗައިނާގައި ކޮވިޑް-19 ޖެހުނު މީހުން ކަރަންޓީނުކުރި ހޮޓަލެއް ވެއްޓިއްޖެ

ވެއްޓުުނު ހޮޓާ. އެތަން ބޭނުންކުރީ ކޮވިޑް-19 އަށް މީހުން ކަރަންޓީނުކުރަން---

ޗައިނާގައި ކޮވިޑް-19 ޖެހުނު މީހުން ކަރަންޓީނުކޮށްފައި ބެހެއްޓި ހޮޓަލެއް ވެއްޓިއްޖެއެވެ.

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޗުއަންޖޯ ސިޓީގައި ހުރި އެ އިމާރާތް ވެއްޓުނުއިރު އެތަނުގައި 70 މީހުން ތިއްބެވެ.

އެ ހޮޓާ ވެއްޓުނީ ކިހިނެއްކަމެއް އަދި ނޭނގުނެވެ. އެތަނުން މިހާތަނަށް 35 މީހުން މިހާރު ވަނީ ނެރެފައެވެ. އަދި އިމަޖެންސީ ވޯކަރުން މިހާރުވެސް ދަނީ އެ އިމާރާތުގައި ތާށިވީ މީހުން ނެރުމަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ސަރުކާރުން ބުނީ އެ ހޮޓަލުގައި ތިބީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުން ކަމަށެވެ.

ވެއްޓުނު ހޮޓަލަކީ 2018 ވަނަ އަހަރު ހުޅުވި ހޮޓަލެކެވެ. އެ ތަނުގައި 80 ކޮޓަރި ހުރެއެވެ.

ޗައިނާގެ ވުހާންއިން ފެތުރެންފެށި ކޮވިޑް-19 މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަނީ ފެތުރިފައެވެ. ބަލި ޖެހުނު މީހުންގެ އަދަދު ލައްކައަަކަށް ވުރެ ގިނަ މީހުންނަށް ބަލިޖެހުނުއިރު 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެެވ.

ގިނައިން ބަލިޖެހި މަރުވެފައިވަނީވެސް ޗައިނާގެ ރައްޔިތުންނެވެ. ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން އަޅަން ފެށި ވަރުގަދަ ފިޔަވަޅުތަކާއެކު އެގައުމުގައި ބަލި ޖެހޭ މީހުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

comment ކޮމެންޓް