ޔޫޓިއުބަ ޝާމް އިދްރީސް އާއި ފްރޮގީ އަށް އަންހެން ކުއްޖެއް

ޝާމް އާއި ފްރޮގީ އަށް ވަނީ އަންހެން ކުއްޖެއް ލިބިފައި---

ޕާކިސްތާނަށް ނިސްބަތްވާ މަޝްހޫރު ދެ ޔޫޓިއުބަރުން ކަމަށްވާ ޝާމް އިދްރީސް އާއި ފްރޮގީ އަށް އަންހެން ކުއްޖެއް ލިބިއްޖެ އެވެ.

ފްރޮގީ ވިހާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ދަރިފުޅަށް މިހާރު ނަން ކިޔާފައިވާ އިރު އެ ދަރިފުޅަށް އެމީހުން ކީ ނަމަކީ ސިއެރާ އިދްރީސް އެވެ.

ފްރޮގީ ވިހެއުމާ އެކު އެދެމީހުން ފޭނުން އަންނަނީ އެދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.

ދަރިފުޅުގެ މޫނު ނުފެންނަ ފޮޓޯއެއް ޝާމްގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ހިއްސާކޮށްފަ އެވެ. ޝާމް އާއި ފްރޮގީ ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.

"ބެސްޓްފްރެންޑްސް"ގެ ގޮތުގައި ދެ މީހުން ވެސް ތިބުމަށް ފަހު ކުއްލިއަކަށް ދެތަރިން ކައިވެނިކުރުމުން ގިނަ ފޭނުންނަށް ވަނީ ސިހުން ލިބިފަ އެވެ.

ދެތަރިން އެއްކޮށް ވަނީ ޔޫޓިއުބްގައި ހެއްވާ މަޖާ އަދި ހަގީގަތާ އެއްގޮތަށް ކުދިކުދި ޑްރާމާކޮޅު ވެސް ގެނެސްދީފަ އެވެ.

comment ކޮމެންޓް