ބޮލީވުޑްގެ ގިނަ ތަރިންނާއެކު "އަނގްރޭޒީ މީޑިއަމް"ގެ ލަވައެއް

ލަވައިގެ ޕޯސްޓަރެއް---

މި މަހު 13 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "އަނގްރޭޒީ މީޑިއަމް"ގެ ލަވައެއް ދައްކާލައިފިއެވެ.

ކެންސަރު ބައްޔަށް ފަރުވާކުރުމަށް ސްކްރީނުގެ ކުރިމަތިން ދެ އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށްފަހު އިރްފާން ހާންގެ ސްކްރީނުން ފެނިގެންދާ ފިލްމުގެ އެ ލަވަ "ކުޅީ ނޫ ނަޗް ދޭ" އިން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ފެނިގެންދެއެވެ. އެ ލަވައިން ފެނިގެންދާ ތަރިންތަކުގެ ތެރޭގައި އަނަންޔާ ޕާންޑޭ، ކްރިތީ ސެނަން، އަނުޝްކާ ޝަރުމާ، ކިއާރާ އަދުވާނީ، ކެޓްރީނާ ކެއިފް، އާލިއާ ބަޓް، ޖާންވީ ކަޕޫރު އަދި ރާދިކާ މަދަން ހިމެނެއެވެ.

ސަޗިން ޖިގަރާއި ވިޝާލް ދަދުލާނީގެ ހިތްގައިމު އަޑުން އެ ލަވަ އިވިގެންދާއިރު އެލަވައިގެ މިއުޒިމް ތައްޔާރުކުރީ ވެސް އެދެމީހުންނެވެ.

މި ފިލްމަކީ "ހިންދީ މީޑިއަމް"ގެ ސީކުއަލްއެކެވެ. ފިލްމާ ގުޅޭގޮތުން އިރްފާން ބުނީ މި ފިލްމަކީ ބެލުންތެރިން ހެއްވާލާ އަދި ރޮއްވާލާނެ ފިލްމެއް ކަމަށެވެ.

އިންޑިއާ އާއި އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގާފައިވާ އެ ފިލްމުގެ ތަރިންނަކީ ކަރީނާ ކަޕޫރު، ރަންވީރު ޝޯރޭ އަދި ރާދިލާ މަދަން އެވެ.

comment ކޮމެންޓް