މަނީ ހެއިސްޓް 4ގެ ޓްރެއިލާ: ނައިރޯބީ މަރެއް ނުވޭ

މަނީ ހެއިސްޓް ގެ ޕޯސްޓަރެއް---

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ "މަނީ ހެެއިސްޓް"ގެ ހަތަރު ވަނަ ސީޒަން ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހު ނެޓްފްލިކްސް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ އެ ޓްރެއިލާ ގިނަ ބަޔަކު ބެލިއިރު އެ ޓްރެއިލާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ތިންވަނަ ސީޒަން ނިމިގެން ދިޔައީ، ނައިރޯބީ ގަޔަަށް ވަޒަން އަރައި މަރަށް ތެޅޭތަން ފެނިގެންދާ މަންޒަރުންނެވެ. މިއީ އެތައް ފޭނުންނެއްގެ ހިތްފަޅައިގެން ދިޔަކަމެކެވެ.

ޓްރެއިލާއިން ގިނަ ބަޔަކު ލޮލުގައި އަޅައިގަތީ، މަރުވި ކަމަށް ހީކުރެވުނު ނައިރޯބީ މަރުނުވާކަން ފެނިގެންނެވެ. ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ މަންޒަރުތަކެއް މި ޓްރެއިލާ އިން ފެނިގެންދިޔައިރު ބެލުންތެރިން ބުނަނީ ހަތަރު ވަނަ ސީޒަން ބެލުމަށް ކެތްމަދުވެފައިވާކަމަށެވެ.

ނިމިދިޔަ ސީޒަންގައި ނައިރޯބީ މަރުވިކަމަށް ބެލެވުނު ނަމަވެސް އޭނާ މަރެއްނުވެ އެވެ.

ނައިރޯބީ ވަނީ އެނބުރި އައިސްފަ އެވެ. އޭނާ އަށްވީގޮތް އެނގިގެންދާނީ ހަމަ މި ސީޒަން ބަލައިލުމުންނެވެ.

ދެން ޓްރެއިލާ އިން ފެނިގެންދަނީ ރަކޭލް ފުލުހުންގެ ހާޒިރަށް ގެންނަ މަންޒަރެވެ. ސުވާލަކީ ރަކޭލް ފުލުހުންނާ އެއްކޮށް މަސައްކަތްކުރާނެތޯ އެވެ؟ އެ ސުވާލުގެ ޖަވާބުވެސް އެނގޭނީ މި ސީޒަން ބަލައިލުމުންނެވެ. މަނީ ހެއިސްޓްގެ ޓްރެއިލާ 34 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.

comment ކޮމެންޓް