މުލީ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ދެ ޑޮކްޓަރުން މާރާމާރީ ހިންގައިފި

މުލީ ރީޖަނަލް ހޮސްޕިޓަލްގައި ހިނގި މާރާމާރީގައި އަނިޔާވި އެއް ޑޮކްޓަރު-- ފޮޓޯ: އެމްވީކްރައިސިސް

މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ދެ ޑޮކްޓަރުން މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފަދަ މައްސަލައެއް މިއަދު ހެނދުނު 9:45 ކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެ ހާދިސާގައި މާރާމާރީ ހިންގާފައިވަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ އިންޑިއާ އަދި ނޭޕާލް ޑޮކްޓަރަކާ ދެމެދު ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި ދެ ޑޮކްޓަރުންނަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައި ކަމަށް ވެސް ބުންޏެވެ.

މާރާމާރީ ހިންގާފައިވަނީ އޮޕަރޭޝަން ތިއޭޓަރަށް ބަލިމީހަކު ވައްދާފައި އޮއްވަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަަމަށެވެ. އެކަމާ ގުޅޭ އިތުތު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެ މައްސަލައާ ގުޅޭގޮތުން މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ނާފިޒް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާތީ، އެކަމާ ގުޅޭގޮތުން މިވަގުތު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

comment ކޮމެންޓް