ކިނޮޅޮހުގައި އާ އިންޖީނުގެއެއް އަޅަން ކުންފުންޏަކާ ހަވާލުކޮށްފި

ކިނޮޅޮހުގައި އާ އިންޖީނުގެއެއް އަޅަން ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފެނަކަ

ރ. ކިނޮޅުހުގައި އާ އިންޖީނުގެއެއް އަޅަން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއަދު ފެނަކަ ކޯޕަރޭޝަންއާ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ ދެމެދު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެެވެ.

އެ އެއްބަސްވުމުގައި ފެނަކައިގެން ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ޓީއޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތައުފީގް އެވެ.

އެ މަސައްކަތް ޓީއޭއާ ހަވާލުކުރީ 5.6 މިލިއަން ރުފިޔާއަށެެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 270 ދުވަސްތެރޭ ނިންމާގޮތަށެެވެ.

ފެނަކައިން ބުނީ މިއަހަރު އެ ކުންފުނިން އެކި ރަށްރަށުގައި އަޅާ އިންޖީނުގެ ތަކުގެ ތެރެއިން 30 އިންޖީނުގެ ނިމޭނެ ކަމަށެެވެ.

ފެނަކައިން ބުނީ އެ ކުންފުނިން އަލަށް ޢިމާރާތް ކުރާ ކޮންމެ އިންޖީނުގެއެއްގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތްތަކާއި ފިއުލް ސްޓޯރޭޖް އަދި ޗިމްނީ އިމާރާތްކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އާއިންޖީނުގެތައް ހުޅުވޭއިރު ނެޓްވޯކް އަޕްގްރޭޑްކުރެވި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށްވުރެ މަތިނުވާނެހެން، ސައުންޑް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް