އިޓަލީގެ މަޝްހޫރު ސައިކަލު ބްރޭންޑް، ބެނެލީގެ ވީޒެޑް 125އައި ސްކޫޓަރު، ލޮޓަސް ބައިކްޝޮޕުން ބާޒާރަށް ތައާރަފުކޮށްފި އެވެ.
'އެއާ-ކޫލްޑް'، 124 ސީސީގެ ސިންގަލް ސިލިންޑަރު އިންޖީނެއް ހުންނަ މި ސްކޫޓަރަކީ ތެލުގެ ހަރަދު ކުޑަ ސްކޫޓަރެއްގެ ގޮތުގައި ބޭރުގެ މާކެޓުތަކުގައި ވެސް މަގުބޫލުކަން ހޯދާފައިވާ ސައިކަލެކެވެ.
ލޮޓަސްއިން ވީޒެޑް 125އައިގެ ތިން ކުލައެއް ވަނީ ބާޒާރަށް ނެރެފަ އެވެ. އެއީ 'ޗިލީ ރެޑް'، 'މެޓް ބްލޫ' އަދި ބްލެކް އެވެ.
ވީޒެޑް 125އައި އަކީ މި ޒަމާނާ ގުޅޭ ގިނަ ސިފަތަކެއް ވެސް އެކުލެވިގެންވާ ސައިކަލެކެވެ. އެގޮތުން ޔޫއެސްބީ ޗާޖަރެއްގެ އިތުރުން މި ސައިކަލުގެ ޑޭޝްބޯޑުގައި ކުޑަ ދެ ސްޓޯރޭޖް ޓްރޭ ވެސް ހުރެ އެވެ.
ހެލްމެޓުގެ ބޭނުން ރާއްޖޭގައި ވެސް އިތުރުވެފައިވާއިރު، ވީޒެޑް 125އައިގެ މަޑިދަށުގައި އެއް ހެލްމެޓްގެ ޖާގަ ހުރެ އެވެ. އަދި އިތުރު އެއް ހެލްމެޓް މަޑީގައި އަޅުވާ ވެސް ލެވޭނެ އެވެ.
މީގެ އިތުރުން ހެޑް ލައިޓް، ބްރޭކް ލައިޓް އަދި ދެ ސިގްނަލް ލައިޓް ހިމެނޭ ގޮތަށް ވީޒެޑް 125އައިގެ ހުރިހާ ލައިޓަކީ ވެސް އެލްއީޑީ ލައިޓުތަކެކެވެ.
މި ސްކޫޓަރުގެ ސީޓު ވެސް ހުންނަނީ ފަސޭހައިން ފައި ފޯރާ އުސްމިނުގައި، 29 އިންޗީގަ އެވެ.
ވީޒެޑް 125އައިގެ ބައެއް ސިފަތައް
- ޑިސްޕްލޭސްމަންޓް: 125 ސީސީ
- ސްޓާޓާ: އިލެކްޓްރިކް، ކިކް
- ފިއުލް ކެޕޭސިޓީ: 4.9 ލީޓަރު
- ބަރުދަން: 101 ކިލޯ
- ފިއުލް ސިސްޓަމް: އިލެކްޓްރޯނިކް ފިއުލް އިންޖެކްޝަން
- ފްރަންޓް ބްރޭކް: ޑިސްކް ބްރޭކް (220އެމްއެމް)
- ރިއާ ބްރޭކް: ޑްރަމް
- ވޮށީގެ ސައިޒު: 14 އިންޗި
- ފުރޮޅު ސައިޒު: 70/90 (ކުރި)، 80/90 (ފަހަތް)
ރަޖިސްޓްރޭޝަން ފީއާއެކު ލޮޓަސްއިން މި ސައިކަލުތައް 43،500 ރުފިޔާއަށް ވިއްކާއިރު، އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
ނަން މަޝްހޫރު ބެނެލީއަކީ 1911 ވަނަ އަހަރު އުފެއްދި އިޓަލީގެ ކުންފުންޏެކެވެ. ސަތޭކަ އަހަރުގެ ތަޖުރިބާއާއެކު ބެނެލީ މަޝްހޫރުވެފައިވަނީ ސައިކަލުގެ ސްޓައިލް ރީތިވުމާއި އެއްވަރަށް ކޮލިޓީ ރަނގަޅު ބްރޭންޑެއްގެ ގޮތުގަ އެވެ.
ލޮޓަސް ބައިކް ޝޮޕަކީ ރާއްޖޭގައި ބެނެލީ ބްރޭންޑުގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. ލޮޓަސް ބައިކް ޝޮޕުގެ ޝޯރޫމް ހުންނާނީ ބުރުޒު މަގާއި ނިކަގަސް ހިނގުން ގުޅޭ ކަންމަތީގަ އެވެ.
ބެނެލީ ސައިކަލާ ގުޅޭ މައުލޫމާތު ލޮޓަސް ބައިކް ޝޮޕުގެ ފޭސްބުކް ޕޭޖުން ވެސް ލިބޭނެ އެވެ.