ސަންގެ ތައުޒިޔާ

ސަން އޮންލައިންގެ ޑެޕއިޓީ އެޑިޓަރު އަހްމަދު އާޒިފްގެ ބައްޕަ މުހައްމަދު ގާސިމް، ކެތި/ ގއ. ގެމަނަފުށި އިއްޔެ މެންދުރު 1:00ގައި ވަނީ ނިޔާވެފަ އެވެ.

އާޒިފް އާއި އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމާގައި ސަން މީޑިއާ ގްރޫޕްގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާކިޔަމެވެ. އަޅުގަނޑުމެން އެދެނީ މަރުހޫމަށް ސުވަރުގޭގެ ދައިމީ ނިއުމަތް ދެއްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.

މުހައްމަދު ގާސިމް ނިޔާވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށެވެ.

މުހައްމަދު ގާސިމް ނިޔާވި އިރު ދުނިޔޭގައި ތިބީ އޭނާގެ ހަ ކުދީންނެވެ. އެއީ ދެ ފިރިހެނުން އަދި ހަތަރު އަންހެނުންނެވެ. މުހައްމަދު ގާސިމް ނިޔާވި އިރު ކާފަ ކިޔާ ފަސް ކުދީން އެބަ ތިއްބެވެ.

މުހައްމަދު ގާސިމްގެ މައްޗަށް ރޭ 11:00ގައި އާސަހަރާގައި ވަނީ ކަށުނަމާދުކޮށްފަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު