ކްލައިމެޓް ޗޭންޖާ ގުޅިގެން މާލީގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ބައްދަލުވުމެއް

ކްލައިމެޓް ޗޭންޖާ ގުޅިގެން މާލީގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ފެށި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ކްލައިމެޓް ޗޭންޖާ ގުޅިގެން މާލީގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ބައްދަލުވުމެއް ފަށައިފިއެވެ.

"ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ ވަރކްޝޮޕް ފޯރ ދަ އައިލެންޑް ސްޓޭޓްސް އިން ދަ އިންޑިއަން އޯޝަން'"ގެ ނަމުގައި މިއަދު ހޮޓެލް ޖެންގައި ފެށީ އެ ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމަތަކުގެ ތެރެއިން ފަސް ގައުމަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މޮރިޝަސް، ސީޝެލްސް، ސްރީލަންކާ އަދި ކޮމޮރަސް ހިމެނެއެވެ. .

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މާލީ ގޮތުންނާއި، ޓެކްނޮލޮޖީގެ ދާއިރާއިންނާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ބޭނުންވާނެ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އ.ދގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ސެކެޓޭރިއެޓް އާއި ގުޅިގެން މަޝްރޫޢެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މި މަޝްރޫޢުގެ ދަށުން ހިންގޭ މަސައްކަތު ބައްދަލުވުމެކެވެ.

މިއަދު ފެށި އެ ބައްދަލުވުމަކީ ރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް އާއި ދިވެހިރާއްޖެ އާއި ގުޅިގެން ބޭއްވޭ ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގަިއ މިހާރު ތައްޔާރުކުރެވިފައިވާ "އިންޑިއަން އޯޝަންސް ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ"ގެ ދެލިކޮޕީ ފާސްކޮށް، މިސްޓްރެޓްޖީ ތަންފީޒުކުރާނެ ޕްލޭނެއް އެލުލަވާލުން ހިމެނެއެވެ.

comment ކޮމެންޓް