ސީޒަންގެ "އަނދިރިކަން" މިރޭ!

ފިލްމުގެ ޕޯސްޓަރެއް---

ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލު އެއް އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް އޭނާ ލީޑު ރޯލު ކުޅޭ ފިލްމު "އަނދިރިކަން"ގެ މިރޭ ޕްރިމިއާކުރާނެއެވެ.

އޮލިމްޕަހުގައި މިރޭ ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަނދިރިކަން ގެ ޓްރެއިލާ ރިލީޒްކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެ ޓްރެއިލާއަށް ތައުރީފްކުރަމުންނެވެ. އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ އާމިނަތު ރިޝްފާ އަދި ޝީލާ ނަޖީބެވެ.

ލޯތްބާއި ޖަޒުބާތުގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް އުފެއްދި އެ ފިލްމު ސްކްރީންޕްލޭ ލިޔުނީ މަގްބޫލު ސްކްރީން ރައިޓަރު އަހްމަދު ޒަރީރުއެވެ. މި ފިލްމުގެ ޓިކެޓް މިހާރުވެސް އޮލިމްޕަހުން އަންނަނީ ވިއްކަމުންނެވެ.

މި ފިލްމަކީ ބަތަލާ ޝީލާ ނަޖީބު ބުރުގާ އެޅުމުގެ ކުރިން ކުޅުނު އެންމެ ފަހު ފިލްމުވެސްމެއެވެ. ޖުމްލަ ތިން ލަވަ ހިމެނޭ "އަނދިރިކަން" ފިލްމުގެ ލީޑު ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ މަރިޔަމް ޝަކީލާ، ޒީނަތު އައްބާސް އަދި އަހްމަދު ސައީދެވެ. މި ފިލްމުގައި ޒީނަތު ކުޅޭނީ ނަރުހެއްގެ ރޯލެވެ.

comment ކޮމެންޓް