"ކަހާ ހަމް، ކަހާ ތުމް"ގެ ފަހު އެޕިސޯޑް މިމަހު

ކަހާ ހަމް ކަހާ ތުމް---

ސްޓާޕްލަސްއިން ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާގެ ފަހު އެޕިސޯޑް މިމަހު ދައްކާނެކަމަށް ހަބަރުތައް ބުނެފިއެވެ.

މި މަހު 14 ވަނަ ދުވަހު އެ ސިލްސިލާގެ ފަހު އެޕިސޯޑް ދެއްކުމަށް ތައްޔާރުވަމުން އަންނައިރު އެ ޑްރާމާ އަކީ ފިލްމު ކުޅޭ ތަރިއަކާ ޑަކްޓަރެއްގެ ދިރިއުޅުން ކިޔައިދޭ ސިލްސިލާއެވެ.

މި ޑްރާމާގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވަނީ ބިގް ބޮސް 12 ކާމިޔާބު ކުރި ދީޕިކާ ކައްކަރު އާއި ކަރަން ގްރޮވާއެވެ. ކަރަންގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ ޝޯގެ ތަޖުރިބާ އަކީ ހަޔާތުގެ ވަރަށް މުހިއްމު ތަޖުރިބާ އެއް ކަމަށާއި ޓީމުގެ އެންމެންނަށް ޝުކުރު އަދާކުރާކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން ވަނީ މި ސިލްސިލާ ޕްރޮމޯޓްކުރުމަށް ގިނަ އިސްތިހާރުތަކެއްވެސް ކުޅެފައެވެ. ކަހާ ހަމް ކަހާ ތުމްގެ ފުރަތަމަ އެޕިސޯޑް ދެއްކީ މިދިޔަ އަހަރުގެ ޖޫން 17ގައެވެ. މިހާތަނަށް އެ ޑްރާމާގެ 166 އެޕިސޯޑް ވަނީ ދައްކާފައެވެ.

comment ކޮމެންޓް