ސަފާޔާ އިން އަންހެނުންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް

އަންހެނުންގެ ދުވަހާ ގުޅުވައިގެން ލައިފްސަޕޯޓްް ސަފަޔާ އިން ހާއްސަ ޕްރޮމޯޝަނެއް --

އަންހެނުންގެ ދުވަހާ ގުޅުވައިގެން ލައިފްސަޕޯޓްް ސަފަޔާ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ލައިފް ސަޕޯޓް ސަފަޔާ އިން ބުނީ މި ޕްރޮމޯޝަން އެ ފިހާރައިގެ އިތުރުން ފިހާރައިގެ ފޭސްބުކް ޕޭޖުގައި ވެސް ކުރިއަށް ދާނެ ކަމަށެވެ.

ސަފާޔާ ފޭސްބުކް ޕޭޖުގައި ލައިކް އެންޑް ޝެއަ ޕޮރޮމޯޝަނެއް ކުރިއަށް ދާއިރު، ސޯސަންމަގުގައި ހުންނަ ސަފާޔާ ފިހާރައިން ކުރިއަށްދާ ޕޮރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރިއަކުން 15 ޕަސެންޓާ އާހަމައަށް ޑިސްކައުންޓު ދޭނެ އެވެ. މީގެ އިތުުރުން އެ ފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހާއަސަ ހަދިޔާއެއް ލިބޭނެ އެވެ.

ލައިފްސަޕޯޓުން ބުނީ ލައިފް ސަޕޯޓު ސަފާޔާ ފޭސްބުކްގައި ކުރިއަށްދާ ޕުރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ނަސީބުވެރި އެއްފަރާތަކަށް އިނާމެއްދޭނެ ކަމަށާއި ޕުރޮމޯޝަންގެ ފަހުދުވަހު ގުރޭންޑު ޕްރައިޒެއް ދޭނެ ކަމަށެވެ.

މި ޕްރޮމޯޝަނުގައި ނަސީބުވެރިންނަށް ދޭ ހަދިޔާގެ ތެރޭގައި ބެލާ ސެނިޓަރީ ނެޕްކިން، އައިވީ ބެއަރ ހެއަރ ވިޓަމިން، ޓްރެސްމޭ، ރިމެލް އަދި ވޫޝިން ލެބޮޓެކްގެ ބޮޑީވާމް ޕެޗު ހިމެނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށެވެ.

ސަފާޔާ އިން ބުނީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ގިނަ ޕްރޮމޮޝަންތަކެއް ކުރިއަށް ދާނެ ކަމަށެވެ.

comment ކޮމެންޓް