ޑެލްގެ އެންމެ ފަހުގެ ޓެކްނޮލަޖީތަކާ ގުޅޭ މައުލޫމާތު ދީފި

ޑެލްގެ އެންމެ ފަހުގެ ޓެކްނޮލަޖީތަކުގެ މައުލޫމާތު ދިނުމަށް މެކްސްކޮމް އިން ބޭއްވި ސެމިނާ --- ސަން ފޮޓޯ: އަހުމަދު ސައީދު

ޑެލްގެ އެންމެ ފަހުގެ ޓެކްނޮލަޖީތަކުގެ މައުލޫމާތު ދިނުމަށް މެކްސްކޮމް އިން ހާއްސަ ސެމިނާ އެއް ބާއްވައިފި އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި މިސެމިނާގައި ޕްރައިވެޓް ސެކްޓާ އާއި ސަރުކާރު އަދި ރިސޯޓުތަކުގެ އައިޓީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން 50 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެ އެވެ.

ސެމިނާގައި މައުލޫމާތު ދީފައިވަނީ ށެލް އީއެމްސީގެ ރީޖަނަލް ލެވެލްގެ ތަޖުރިބާކާރުންނެވެ.

މި ސެމިނާގައި ޑެލްގެ އެންމެ ފަހުގެ ސޮލިއުޝަންތަކާއި ސްޓޯރޭޖު އަދި ސާވާތަކާ ބެހޭ މައުލޫމާތާއި އެންމެ ފަހުގެ ޓެކްނޮލަޖީ އަދި އެ ބްރޭންޑުގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މެކްސްކޮމްގެ ސީނިއާ މެނޭޖަރު މުހުތާރު މުހައްމަދު ވިދާޅުވީ މިފަދަ ކޮންމެ ސެމިނާއަކަށް ވެސް ދާއިރާގެ ބައިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.

މެކްސްކޮމް އިން ކޮންމެ އަހަރަކު ވެސް މިފަދަ ދެ ސެމިނާއެއް ބާއްވައިފަ އެވެ. މިއީ މި ސެމިނާ ބާއްވާ 11 ވަނަ އަހަރެވެ.

މެކްސްކޮމް އަކީ ރާއްޖޭގައި އައިޓީގެ ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ. އެ ކުންފުންޏަކީ ޑެލްގެ ޕްލެޓިނަމް ޕާޓްނަރެކެވެ.

comment ކޮމެންޓް