ކަލިނަރީ އޮލިމްޕިކްސްއިން މެޑަލް ހޯދި ޝެފުންނަށް މަޖިލީހުން މަރުހަބާ ކިޔައިފި

އިކާ ކަލިނަރީ އޮލިމްޕިކްސްގައި ބައިވެރިވި ދެ ދިވެހި ޝެފުން -- ފޮޓޯ/ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

މި އަހަރުގެ ފެބްރުއަރީ މަހު ޖަރުމަނުގެ ސްޓުޓްގާޓްގައި އޮތް 25 ވަނަ އިކާ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއަށް ކާމިޔާބީ ހޯދި ޝެފުންނަށް ރައްޔިތުންގެ މަޖިލީހުން މަރުހަބާ ކިޔައިފި އެވެ.

ފެބްރުއަރީ 14 އިން 19 އަށް ޖަރުމަނުގައި އޮތް ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި ދެ ދިވެހި ޝެފުންނަކީ ގ. އެތީނާ ޝެފް ޖޫދީ ޚާލިދާއި ގ. ޖަނަވަރީމާގޭ ޝެފް އަބްދުއްރަޝީދު އަބްދުﷲ އެވެ. މި ދެ ޝެފުން ވެސް މުބާރާތުގައި ބައިވެރިވީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ތަމްސީލުކުރެއްވުމަށް، އަމިއްލަ ޚަރަދުގަ އެވެ. އަދި ދެ ޝެފުން މުބާރާތުގައި

ކޭކު އެޅުމުގެ ދާއިރާގައި ތަޖުރިބާކާރު ދެ ޝެފުން ވެސް ބައިވެރިވީ ކަލިނަރީ އޮލިމްޕިކްސްގައި ވެޑިންގް ކޭކު ކެޓަގަރީންނެވެ. އަދި އެ ކެޓަގަރީން ވާދަކޮށް، ޝެފް ޖޫދީ ވަނީ ރަން މެޑަލް، އަދި ޝެފް އަބްދުއްރަޝީދު ވަނީ ރިހި މެޑަލް ހޯއްދަވާފަ އެވެ. މިއީ ދިވެހިރާއްޖޭގެ ޝެފުން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ސްރީލަންކާގެ އެއިޓްކެން ސްޕެންސްއިން ރާއްޖޭގައި ހިންގާ ހެރިޓަންސް އާރަށް ރިސޯޓުގެ ފަރާތުން ސްރީލަންކާއަށް ނިސްބަތްވާ ޝެފުންގެ ޓީމެއް ބައިވެރިވި އިރު، އެ ޓީމަށް ވެސް ވަނީ ވަނަތަކެއް ލިބިފައެވެ. އެގޮތުން ހަތަރު ރަން މެޑަލާއި ހަތް ރިހި މެޑަލް އަދި ދެ ލޯ މެޑަލް ލިބުނެވެ.

http://www.sun.mv/131708

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝެފް ޖޫދީ ޚާލިދާއި ޝެފް އަބްދުއްރަޝީދުގެ އިތުރުން ހެރިޓަންސް އާރަށުގެ ޝެފުންގެ ޓީމުގެ ކާމިޔާބީ ފާހަގަކުރައްވާފަ އެވެ.

"މި މުބާރާތަކީ 59 ގައުމުން 2،000 އަށްވުރެ ގިނަ ޝެފުން ބައިވެރިވި މުބާރާތެއް. ރާއްޖެއަށް މި ރީތި ނަން ހޯދައިދެއްވި ހުރިހާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް ތަމްސީލުކުރި ދެ ޝެފުން ކަމުގައިވާ ޖޫދީއާއި އަބްދުއްރަޝީދު މުބާރާތުގައި ވާދަކުރުމަށް ފަހު އެނބުރި ރާއްޖެ އައި ރޭ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ޝެފުންނާ ބައްދަލުކުރައްވައި، މަރުހަބާ ވެސް ވިދާޅުވެފަ އެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބުނި ގޮތުގައި ދެން އެންމެ އަވަހަށް އޮންނަ 2024 ވަނަ އަހަރުގެ ކަލިނަރީ އޮލިމްޕިކްސްއަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ ގައުމީ ޝެފުންގެ ޓީމެއް ބައިވެރިކުރުމަށް އެ ޖަމިއްޔާ އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

http://www.sun.mv/132197

comment ކޮމެންޓް