އުރީދޫއިން ގެލެކްސީ އެސް20 އަދި އެސް 20+ ޕްރީއޯޑަރު ނަގަނީ

ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ރާއްޖެއަށް ތައާރަފުކޮށް، އުރީދޫއިން އެ ފޯނުގެ ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

ޕްރީއޯޑަރު ކުރުމަށް ހުޅުވާލުމުގެ އިތުރުން އުރީދޫއިން ވަނީ ކަސްޓަމަރުންނަށް ފޯނު ލިބުން ފަސޭހަކޮށްދޭ ހާއްސަ ޕްލޭންތަކެއް ވެސް ތައާރަފްކޮށްފައެވެ.

އެގޮތުން އެންމެ ކުޑަ އަގެއްގެ ގޮތުގައި މަހަކު އެންމެ 1058.33 ރުފިޔާ ދެއްކެވުމަށްފަހު، އެންމެފަހުގެ ސެމްސަންގް ގެލެކްސީ އެސް 20 ނެގޭ، 12 މަހުގެ އިންސްޓާލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ.

ސެމްސަންގް ގެލެކްސީ އެސް 20ގެ 128 ޖީބީ ފޯނެއްގެ އަގަކީ 15،499 ރުފިޔާއެވެ. ސެމްސަންގް ގެލެކްސީ އެސް 20+ 128 ޖީބީ ފޯނެއްގެ އަގަކީ 17،199 ރުފިޔާއެވެ.

މި އޮފާގެ ތެރެއިން ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20 ސީރީޒް ގެ ފޯނަކާއެކު، މިއަހަރުގެ ނިޔަލަށް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޕްރީ އޯޑަރު ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ގެލެކްސީ ބަޑްސް މުޅިން ހިލޭ ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ގަތުން ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއްވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ހިމެނޭ ފުލް ޕޭމަންޓް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ގަނެވޭއިރު، އެ ޕެކޭޖުގެ ދަށުން، މަހަކު 2020 އެމްބީ ޑޭޓާ މިއަހަރުގެ ނިޔަލަށް ހިލޭ ލިބިގެންދާނެއެވެ.

މަންތްލީ އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ކޮންމެ މަހަކު 1,058.33 ރުފިޔާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައިގެން ސެމްސަންގް ގެލެކްސީ އެސް 20 ބައްލަވައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ޕްލޭންގެ ދަށުންވެސް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާއި އެކު ސެމްސަންގް ގެލެކްސީ ގެ އާ ޑިވައިސްތަކަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

comment ކޮމެންޓް