ފްލޮރިޑާގެ އަތިރިމަތިން 18 ވަނަ ގަރުނުގެ ރިހި ފައިސާތަކެއް

ރިހި ފައިސާފޮތިތައް ހޯދާފައިވަނީ މެޓަލް ޑިޓެކްޓާތަކެއް ބޭނުންކޮށްގެން --- ފޮޓޯ : އެމްއެސްއެން

ފްލޮރިޑާގެ ފަރުތަކަކަށް 1715ގައި އުރުނު 11 ނަވެއްގައި ހުރި ރިހި ފައިސާ ފޮތިތަކެއް ފްލޮރިޑާގެ އަތިރިމަތީން ފެނިއްޖެ އެވެ.

ތިން އެކުވެރީންގެ ގްރޫޕަކަށް ފްލޮރިޑާގެ ޓާޓަލް ޓްރެއިލް އަތިރިމަތީ ސަރަހައްދުން ރިހި ފައިސާ ފޮތިތައް ފެނިފައި ވަނީ މެޓަލް ޑިޓެކްޓާއެއް ބޭނުންކުރަނިކޮށެވެ.

އެއް ސަރަހަައްދަކަށް ޖަމާވެފައިވަނިކޮށް އެ ފައިސާ ފޮތިތައް ފެނިފައި ވަނީ ބިމު އަޑީންނެވެ. އަދި އެ ސަރަހައްދުން 22 ފައިސާފޮތި ފެނިފައިވެ އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި އެތަކެތީގެ އަގު މިހާރުގެ އަގަށް ބަދަލުކުރާ ނަމަ 5000 އެމެރިކާ ޑޮލަރަށް އަރާނެ އެވެ.

ފަރަށް އުރުނު 11 ނަވުގައި ހުރި ތަކެތި މީގެކުރީން ވެސް ވަނީ ފެނިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ފެނިފައި ވަނީ 1950ގަ އެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި އަދި ވެސް އެ ސަރަހައްދުން ގިނަ އަދަދެއްގެ ފައިސާ ފެނުން އެކަށީގެންވެ އެވެ.

އެތަނުން ނަވެއް އުރިފައިވާ ސަރަހައްދަކުން މީގެކުރީން ވަނީ ރަން ފައިސާ ފޮތިތަކެއް ވެސް ފެނިފަ އެވެ. އޭގެ އަގު، 5.6 މިލިއަން ޑޮލަރަށް އަރަ އެވެ. ފައިސާގެ އިތުރުން ބެލްޓާއި ހަންޖަރު ފަދަ ތަކެތިވެސް ވަނީ އެ ސަރަހައްދުން ފެނިފަ އެވެ.

comment ކޮމެންޓް