ޕޮލާންސްކީގެ އެވޯޑާއެކު އެކްޓްރެސްތައް ޝޯ ދޫކޮށްފި

ރޯމަން ޕޮލާންސްކީ ---

ފްރެންޗް އޮސްކާގެ ނަމުން މަޝްހޫރުވެފައިވާ "ސީޒާސް" އެވޯޑު ހަފްލާގައި ޑައިރެކްޓަރު ރޯމަން ޕޮލާންސްކީއަށް އެންމެ ބޮޑެތި އެވޯޑުތައް ލިބުމާއެކު ޝޯއަށް ހާޒިރުވެ ތިބި ގިނަ އެކްޓްރެސްތަކެއް ޝޯ ދޫކޮށް ނިކުމެއްޖެ އެވެ.

އުމުރުން 86 އަހަރު ޕޮލާންސްކީ ޑައިރެކްޓުކޮށްފައިވާ ފިލްމު "އެން އޮފިސާ އެންޑް އަ ސްޕައި" އަށް ވަނީ ހަފްލާގެ ބޮޑެތި އެވޯޑުތައް ލިބިފައެވެ.

ޕޮލާންސްކީ އަކީ 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް 1977 ވަނަ އަހަރުގައި އެމެރިކާގައި އުޅުންއިރު ސާބިތުވެފައިވާ މީހެކެވެ. ނަމަކަށް ހުކުމް ކުރުމުގެ ކުރީން އޭނާ ފިލައިގެން އުޅެން ފެށިއެވެ.

ޕޮލާންސްކީ އަށް އެވޯޑު ލިބުމާއެކު އެންމެ ފުރަތަމަ ޝޯ ދޫކޮށް ނިކުތީ ފްރެންޗް އެކްޓްރެސް އެޑެލް ހޭނެލް އެވެ. އެޑެލް ކުޑައިރު ޑައިރެކްޓަރަކު އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން އެޑެލް ހާމަކޮށްފައިވަނީ މިދިޔަ އަހަރުގައެވެ.

އެޑެލް ޝޯ ދޫކޮށް ނިކުތީ، "ލަދު!" މިހެން ކިޔަމުން ސީޒާސް އެވޯޑަށް ހަޅޭލަވަމުންނެވެ.

އެވޯޑު ހަފްލާ ނިމުނުއިރު ހަފްލާ ބޭއްވި ތަނުގެ ބޭރަށް އާންމުންގެ ގިނަ ބަޔަކު ވަނީ އެއްވެފައެވެ. އަދި އެވޯޑު ހަފްލާ އާއި ޕޮލާންސްކީ އަށް ހުރި ހިތްހަމަނުޖެހުން އެ ފަރާތްތަކުން ވަނީ ހިއްސާކޮށްފައެވެ.

comment ކޮމެންޓް