މިނިސްޓަރު މަހުލޫފް ވެބް ސީރީޒް "މާފްކުރޭ" ލޯންޗްކޮށްދެއްވައިފި

މާފްކުރޭ ލޯންޗްކޮށްދެއްވީ މިނިސްޓަރު މަހްލޫފް---

ކިޑް ޕްރޮޑަކްޝަންގެ ވެބް ސީރީޒް "ހަނާ" ޕްރިމިއާކުރުމަށް ބޭއްވި ހަފްލާގައި އެ ޕްރޮޑަކްޝަނުގެ އިތުރު ވެބް ސީރީޒެއް ލޯންޗްކޮށްފި އެވެ.

"މާފްކުރޭ"ގެ ނަމުން ނަންދީފައިވާ ކިޑް ޕްރޮޑަކްޝަނުގެ ދެވަނަ ވެބް ސީރީޒް ލޯންޗުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

ވެބް ސީރީޒާއި ގުޅޭ މައުލޫމާތު ސަން އަށް ދެމުން ސީރީޒްގެ ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) ބުނީ އެ ސީރީޒުގައި ރާއްޖެއިން ބޭރު މަޝްހޫރު ތަރިއެއް ފެނިގެންދާނެ ކަމަށެވެ. ނަން ހާމަނުކުރާ އެތަރިއަކީ އޭޝިޔާ ސަރަހައްދުގެ ތަރިއެއް ކަމަށް ގޮޅާ ބުންޏެވެ. އެ ތަރިއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އެ ޓީމުން އަދި ހިއްސާނުކުރި ނަމަވެސް ގޮޅާ ބުނީ އެ ތަރިއަކީ ކޮން ތަރިއެއްކަން ވަރަށް އަވަހަށް އެނގިގެންދާނެކަމަށެވެ.

މާފްކުރޭ އަށް ކާސްޓުން ފައިނަލްކުރުމުގެ މަސައްކަތުގައި އަވަދިނެތި ޓީމުން މަސައްކަތްކުރަމުންދާއިރު މި ސީރީޒްގެ ޝޫޓިން މި މަހު 10 ވަނަ ދުވަހު ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

"މާފްކުރޭ"ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ވެބް ސީރީޒް "ހަނާ"ގެ ސްކްރީންޕްލޭ ވެސް ތައްޔާރުކުރި އައިމިނަތު ރިނާޒާ (ރިނާ) އެވެ. ސީރީޒްގެ ޕްރޮޑިއުސަރަކީ ހުސައިން މުނައްވަރެވެ.

comment ކޮމެންޓް