ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފި

ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރެވޭ އެހެން ތުހުމަތުތަކެއް ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ހާޒިކޮށްފި އެވެ.

އެމަނިކުފާނު ފުލުހަށް ހާޒިރު ކުރީ މިއަދު މެންދުރު 2:00 ހާއިރު އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ނައިބު ރައީސްކ ޑރ. މުހައްމަދު ޖަމީލް އަހްމަދު މީގެ ކުރިން ވިދާޅުވެފައި ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ފުލުހުން އިތުރު ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައެއް ކަމެއް ޖަމީލް ހާމައެއް ނުކުރެއެވެ.

މިއަދު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރީ އެ ދެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް ވާހަކައެއް ހާމައެއް ނުކުރެެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ. އަދި އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށް ޝަރީއަތްތައް ހިނގަމުންނެވެ.

https://sun.mv/132065

comment ކޮމެންޓް