ކައިތީގެ ހިންދީ ރީމޭކަށް އަޖޭ؟

އަޖޭ ދޭވްގަން---

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "ކައިތީ"ގެ ހިންދީ ރީމޭކެއް ހެދުމަށް މިހާރު އިއުލާންކޮށްފައިވާއިރު ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ލީޑުން ފެނިގެންދާނީ އަޖޭ ދޭވްގަންއެވެ.

ކުރިން ބޭރުގެ ހަބަރުތައް ރިޕޯޓްކުރީ މި ފިލްމުން ފެންނާނީ ރިތިކް ރޯޝަން ކަމަށެވެ. ނަމަވެސް މިހާރު ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ލީޑު ރޯލު ކުޅުން އެންމެ އެކަށީގެން ވަނީ އަދި އެންމެ ފުރުސަތު ބޮޑީ އަޖޭއަށް ކަމަށެވެ. އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވެސް ބޭނުންވަނީ އަޖޭ ކަމަށް ހަބަރުތައް ބުނެ އެވެ.

ލޮކޭޝް ގަނަގަރާޖް ޑައިރެކްޓްކުރި އެ ފިލްމަކީ އެކްޝަން ތްރިލާއެކެވެ. މި ފިލްމަކީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ ހިންދީ ރީމޭކް ގެނެސްދޭނީ ރިލައިންސް އެންޓަޓައިންމަންޓާއި ޑްރީމް ވޮރިއާޒް ޕިކްޗާޒް ގުޅިގެންނެވެ.

comment ކޮމެންޓް