ކުޑަ އަންހެންކުއްޖަަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލައެއް

ޖިންސީ ގޯނާ

ކުޑަ އަންހެންކުއްޖަަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުތުރުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބަނގުލަދޭޝް ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް ރޭ މެންދަމު 00:32 ކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ އެ ފިރިހެންމީހާ މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގްކުރަމުންނެވެ.

comment ކޮމެންޓް