ގުރައިދޫގެ ހިތްގައިމު ލައިބްރަރީއަށް ސަމާލުކަން

ގުރައިދޫ ސްކޫލްގެ ލައިބްރަރީ--- ފޮޓޯ: ގުރައިދޫ ކައުންސިލް

ކ. ގުރައިދޫ ސްކޫލްގައި ތައްޔާރުކޮށްފައިވާ ލައިބްރަރީއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ޒަމާނީ ލައިބްރަރީއެއްގެ ގޮތުގައި ހެދި އެ ލައިބްރަރީ ހުޅުވާފައިވަނީ މިއަދު އެވެ.

އެ ލައިބްރަރީއަކީ ގުރައިދޫ ސްކޫލްގައި ކުރިން ހުރި ލައިބްރަރީ އަޕްގްރޭޑް ކުރުމަށް ގުރައިދޫ ކައުންސިލްއާއި ސްކޫލް ގުޅިގެން ހިންގި ޕްރޮޖެކްޓެކެވެ.

ގުރައިދޫ ސްކޫލްގެ ލައިބްރަރީ--- ފޮޓޯ: ގުރައިދޫ ކައުންސިލް

ތިން އަހަރު ދުވަހުގެ މަސައްކަތުން ހުޅުވި ލައިބްރަރީއަށް ހަތް ލައްކައެއްހާ ރުފިޔާ ހޭދަވިކަމަށް ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވިދާޅުވިއެވެ

އެ ލައިބްރަރީއަށް ދީފައިވާ ނަމަކީ " މުދިންގެ މާމާގެ ފޮއިވަތި" އެވެ.

" އެއީ މިރަށުގައި ވަރަށް ކުރިން އުޅުނު މުދިމެއްގެ މާމައަކީ މިރަށުގެ ތައުލީމީ މަންމަގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ރަށުގެ ތައުލީމާ އެންމެ ގިނަ ހިދުމަތް ކޮށްދެއްވި އަދި ތައުލީމުގެ ފެށެން ކަމުގައި ވާތީ އެނަން ދިނީ." ޔާމީން ވިދާޅުވިއެވެ.

ގުރައިދޫ ސްކޫލްގެ ލައިބްރަރީ--- ފޮޓޯ: ގުރައިދޫ ކައުންސިލް

އެ ލައިބްރަރީ ޑިޒައިންކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ މޭކްޝޮޕް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ އަދި އިންޓީރިއާ އަކިޓެކްޓް މުހައްމަދު ނައްފާޒްއެވެ.

ގުރައިދޫ ސްކޫލްގެ ޒަމާނީ ލައިބްރަރީއަކީ ޖާގައިގެ ގޮތުންވެސް ބޮޑު ލައިބްރަރީއެކެވެ. ރީތި ގޮނޑިތަކާ އެއްޗެތި ބަހައްޓާފައިވާ އެ ލައިބްރަރީގއި ކިޑްސް ކޯނާއަކާއި އިންޓަނެޓްވެސް ބޭނުންކުރެވެން ހުރެއެވެ.

ގުރައިދޫ ސްކޫލްގެ ލައިބްރަރީ--- ފޮޓޯ: ގުރައިދޫ ކައުންސިލް

އެ ލައިބްރަރީ މިހާރު ވަނީ މުޅި އެރަށުގެ ރައްޔިތުންނަށް ހުޅުވާލައިފަ އެވެ.

"މިވަގުތު އަދި ލައިބްރަރީގައި ފޮތް ވަރަށް މަދު އެހެންނަމަވެސް މިހާރު މިދަނީ އިތުރު ފޮތްތައް ހޯދަމުން" ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް