ބަހްރެއިންއިން ކޮވިޑް 19 ޖެހިފައިވާ އިތުރު ނުވަ މީހުން ފެނިއްޖެ

ކޮވިޑް- 19 ރާއްކާތެރިވުމަށް އަންހެނުންތަކެއް މާސްކު އަޅައިގެން---

މިހާރު ދުނިޔޭގައިި ފެތުރެމުންދާ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ ބަހްރެއިންއިން ކޮވިޑް 19 ޖެހިފައިވާ އިތުރު ނުވަ މީހުން ފެނިއްޖެއެވެ.

ކޮވިޑް 19 ގެ އާ ކޭސްތައް ފެނުނީ ޔޫއޭއީގެ ޑުބާއީ އަދި ޝަރުޖާއިން ބަހުރެއިންއަށް އެތެރެވި ސައުދީ އަދި ބަހްރެއިންގެ މީހުންގެ ގައިންކަމަށްވެސް ބަހްރެއިންއިން ބުންޏެވެ.

އާ ކޭސްތަކާއެެކު ބަހްރެއިންއިން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 17 އަށް އަރައިފައެވެ.

އެ ބަލި ފެނުނު އެންމެން މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށްވެސް ބަހްރެއިންއިން ބުނެއެވެ.

ބަލި ފެނުނު އެންމެންވެސް އީރާންއަށް ދަތުރުކޮށްފައިވެއެވެ. އީރާންގައި ކޮވިޑް 19 ފެތުރެމުންދާތީ އެގައުމުގެ އަވަށްޓެރިގައުމުތަކުން މިހާރު ވަނީ އީރާނާ ގުޅޭ އެގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައެވެ.

ޔޫއޭއީން އީރާނަށް ހުރިހާ ފްލައިޓްތަކެއް ހުއްޓާލައިފައިވާއިރު ބަހްރައިން ވަނީ ޑުބާއީއަށް ފްލައިޓްތައް ހުއްޓާލައިފައެވެ.

ޗައިނާގެ ވުހާން ސިޓީން ފެތުރެންފެށި ކޮވިޑް 19 އެހެން ގައުމުތަކަށްވެސް ވަނީ ފެތުރިފައެވެ. އެބަލި ޖެހުނު މީހުންގެ އަދަދު 80,000އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން 2,707 މީހަކު މިހާރު ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 2,664 މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.

comment ކޮމެންޓް