"ތަލައިވީ"ގެ އާ ޕޯސްޓަރެއް

ކަންގަނާ ރަނައުތު--

ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު 'ތަލައިވީ' ރިލީޒްކުރާ ތާރީޚް ހާމަކޮށްފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ތަލައިވީގެ ޕޯސްޓަރުގައި ފެނިގެންދަނީ ބަތަލާ ކަންގަނާ ރަނައުތު އެވެ. މި ފިލްމު ކުޅުމަށް އޭނާ ވަނީ 10 ކިލޯވެސް ބަރުކޮށްފައެވެ.

އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ލީޑް ތަރިއަކީ ކަންގަނާއެވެ. ފިލްމުމޭކަރ ވިޖޭ ބުނިގޮތުގައި ކަންގަނާ އަކީ ވަރަށް މަސައްކަތްތައް ފަރުވާ ބަހައްޓާ ރަނގަޅު އެކްޓަރެއް ކަމަށެވެ. އަދި އޭނާ ކުރާ ކޮންމެ މަސައްކަތެއްވެސް ޑެޑިކޭޓްކަމާއެކު ކުރާ ކަމަށާއި ކަންގަނާއަކީ ވަރަށް އިންސްޕަޔަރިން ތަރިއެއް ކަމަށްވެސް އޭނާ ބުންޏެވެ.

ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ކަންގަނާ އެ ފިލްމުން ފެނިގެންދާއިރު އޭނާ އެ ފިލްމު ކުޅެދެނީ 24 ކުރޯރު ރުޕީޒް (34,69,687 އެމެރިކާ ޑޮލަރު) އަށެވެ.

comment ކޮމެންޓް