ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓެލްކޯ--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓެލްކޯ އިން ކުރި އިއުލާނުގައި ބުނީ އެ ކުންފުނީގެ މަސައްކަތްތަކާ ގުޅޭ އެޕްރެންޓިސްޝިޕް ފުރިހަމަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޖުމްލަ 10 ފަރާތަކަށް އެޕްރެންޓިޝްޝިޕް ޕްރޮގްރާމުން ފުރުސަތު ދޭން ނިންމާފައިވާ އިރު ޕްރޮގްރާމަށް ހޮވޭފަރާތްތަކަށް 3000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން ބިޒްނަސް އަދި އިންޖިނިއަރިންގެ ދާއިރާއިން ތަމްރީނު ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. ފަސް މަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަކީ ގުޅުންހުރި ދާއިރާއިން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ، ނުވަތަ ޖީސީއީ އޭލެވެލް އިމްތިހާނުން ދަށްވެގެން ތިން މާއްދާއިން ސީ ފާސް ލިބިފިއިވާ ފަރާތަކަށް ވާންޖެހެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާސް ފަހެއްގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް