ދެ ރަށެއްގައި ފެނަކައިގެ އާ އިމާރާތް އަޅަން ދެ ކުންފުންޏަކާ ހަވާލުކޮށްފި

ށ. މިލަންދޫގައި އަޅާ ފެނަކައިގެ އާ އިމާރާތް އަޅަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފެނަކަ

ދެ ރަށެއްގައި ފެނަކައިގެ އާ އިމާރާތް އަޅަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފެނަކައިން އާ އިމާރާތް އަޅަން ނިންމާފައިވަނީ ގއ. ގެމަނަފުއްޓާއި ށ. މިލަންދޫގަ އެވެ.

އެގޮތުން ގެމަނަފުށީގައި ފެނަކައިގެ އާ އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި އަފަމީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ.

އެ މަސައްކަތް ހަވާލުކުރީ 120 ދުވަހުން ނިންމާގޮތުން 1.99 މިލިއަން ރުފިޔާއަށެވެ.

ށ. މިލަންދޫގައި އަޅާ ފެނަކައިގެ އާ އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ ވެހިކޯން ޕްރައިވެޓް ލިމިޓެޑްއާ އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ވެހިކޯންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ރަޝީދެވެ.

އެ މަސައްކަތް ހަވާލުކުރީ 305 ދުވަހުން ނިންމާގޮތުން 9.59 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް