އިންޑިއަން އައިޑަލް 11 ކާމިޔާބުކުރީ ސަނީ

އައިޑަލް ކާމިޔާބުކުރި ސަނީ---

ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދެމުންދިޔަ އިންޑިއަން އައިޑަލްގެ 11 ވަނަ ސިޒަން ނިންމާލައި އެ ޝޯ ކާމިޔާބުކުރި ތަރި ހާމަކޮށްފިއެވެ.

ރޭ ބޭއްވި ގްރޭންޑް ފިނާލޭގައި އެ ޝޯ ކާމިޔާބުކުރީ ސަނީ ހިންދުސްތާނީ އެވެ. އޭނާ އައިޑަލްގެ ސްޓޭޖުގައި ވިދާލީ ނުސްރަތު ފަތެހް އަލީގެ ލަވަތައް ކިޔައިގެންނެވެ. ސަނީ އެ މުބާރާތުން އެއްވަނަ އަށް ދިޔުމުން އޭނާ އަށްވަނީ އައިޑަލްގެ ޓްރޮފީ އާއެކު 25 ލައްކަ ރުޕީސް ލިބިފައެވެ. އަދި ދެން އެންމެ އަވަހަށް ފިލްމު ކުންފުނި ޓީ ސީރީޒުން ގެނެސްދޭ ފިލްމުގައި އޭނާ އަށް ލަވައެއް ކިޔާލުމުގެ ފުރުސަތު ވެސް ވަނީ ލިބިފައެވެ. އަދި އޭނާއަށް ވަނީ ކާރެއްވެސް ލިބިފައެވެ.

ފައިނަލުގައި ސަނީ އާ ވާދަކުރީ ރޯހިތު، އަންކޮނާ އަދި އެޑްރިޒެވެ. އަންކޮނާ އަކީ ފައިނަލުގައި ވާދަކުރި ހަމައެކަނި އަންހެން ބައިވެރިޔާއެވެ. އައިޑަލްގެ ޓްރޮފީ އުފުލާލުމަށްފަހު ސަނީ ބުނީ މިފަދަ ބޮޑު ޕްލެޓްފޯމަކަށް އަރައި ލަވަކިޔާލުމަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށާއި އައިޑަލް ކާމިޔާބު ކުރުމަކީ ބޮޑު ހުވަފެނެއް ކަމަށެވެ. އަދި އައިޑަލްގެ ޖާނީ އިން ގިނަ ކަންތައްތަކެއް ދަސްވި ކަމަށާއި މި ޖާނީ ހިތުން ދުވަހަކުވެސް ނުފޮހެވޭނެ ކަމަށެވެ.

comment ކޮމެންޓް