ސާރާ އަށް ޑަބަލް ރޯލެއް!

ފިލްމުން ފެނިގެންދާނެ ތަރިން---

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ހާން އަށް ފިލްމު "އަތުރަންގީ ރޭ"އިން ޑަބަލް ރޯލެއް ކުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.

ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިންތައް ވެސް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާއިރު އެ ފިިލްމަކީ އާނަންދު އެލް ރާއީ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމެކެވެ.

ތަފާތު ދެ ރޯލަކުން މި ފިލްމުން ސާރާ ފެނިގެންދާއިރު މި ފިލްމުގެ ފިރިހެން ލީޑަކީ އަކްޝޭ ކުމާރާއި އެކްޓަރު ދަނޫޝްއެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޝޫޓިންތައް ބިހާރާއި އުއްތަރު ޕްރަދޭޝްގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ސާރާ ބޮލީވުޑަށް ނުކުތީ 2018 ވަނަ އަހަރު ސުޝާންތު ސިންހް އާއެކު "ކެދާނަތް" އިންނެވެ. އެ ފިލްމަށްފަހު އޭނާ ފެނިގެންދިޔައީ ރަންވީރު ސިންހް އާއެކު "ސިމްބާ" އިންނެވެ. އޭނާގެ ފިލްމެއް މިހާރުވެސް ސިނަމާގައި އަޅުވާފައި އެބައޮތެވެ. އެއީ ކާތިކް އާރްޔަން އާއެކު ސާރާ ފެނިގެންދާ ފިލްމު "ލަވް އާޖް ކަލް"އެވެ. އެ ފިލްމުގައި ކާތިކްގެ ޑަބަލް ރޯލެއް ވަނީ ފެނިގެން ގޮއްސައެވެ.

ސާރާ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ ވަރުން ދަވަން އާއެކު "ކޫލީ ނަންބަރު 1"އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ.

comment ކޮމެންޓް