"ބާގީ 3"ގެ އާ ލަވައެއް

ލަވައިގެ ޕޯސްޓަރެއް----

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާގީ 3" ގެ އާ ލަވައެއް ދައްކާލައިފިއެވެ.

ބައްޕީ އާއި ދޭވް ނޭގީ އަދި ޖޮނީތާ ގާންދީގެ ހިތްގައިމު އަޑިން ކިޔާފައިވާ އެ ލަވައަކީ "ބަންކާސް"އެވެ. އެ ލަވައިގެ މިއުޒިކް ތައްޔާރުކުރީ ތަނިޝްގް ބަގްޗީއެވެ.

އަންނަ މަހު ހަވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް އަމާޒު ހިފާފައިވާ ބާގީ 3 ގެ އަންހެން ލީޑުން ފެނިގެންދާނީ އެ ފިލްމުގެ ފުރަތަމަ ބައިގެ ވެސް ލީޑު ރޯލު ކުޅުނު ބަތަލާ ޝްރައްދާ ކަޕޫރެވެ. އެ ފިލްމުގެ ދެވަނަ ބައިގެ ލީޑު ކުޅުނީ ދިޝާ ޕަޓާނީއެވެ.

އެ ފިލްމުގައި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފްވެސް ފެނިގެންދާނެއެވެ. ބާގީ 3ގައި ދިޝާގެ ވަރަށް ފޯރިގަދަ ލަވައެއް ހިމަނާފައިވެއެވެ. އަދި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީގެ ލަވައެއްވެސް ހިމަނަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް