މިދިޔަ އަހަރު އަަލަށް 18 ރިސޯޓެއް ހުޅުވި

އއ. ހަލަވެލީގައި ހިންގާ ކޮންސްޓަންސް ހަލަވެލި ރިސޯޓު ---

މިދިޔަ އަހަރު ރާއްޖޭގައި އަލަށް 18 ރިސޯޓު ހުޅުވިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ހުރީ 139 ރިސޯޓެެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު އެ އެ އަދަދު ވަނީ 157 އަށް އިތުރުވެފައެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ހުރި ރިސޯޓުތަކުގެ ތެރެއިން މިހާރު އޮޕަރޭޓު ކުރަމުން ދަނީ 146 ރިސޯޓެވެ. އެއީ ޖުމްލަ 33،440 އެނދެވެ.

ގެސްޓްހައުސްތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ހުރީ، 491 ގެސްޓްހައުސްއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު އެ އަދަދު ވަނީ 563 އަށް އިތުރުވެފައެވެ. އެހެންކަމުން، މިދިޔަ އަހަރު 72 ގެސްޓްހައުސްއެއް ރަޖިސްޓްރީކޮށްފައިވެއެވެ.

ޖުމްލަ 563 ގެސްޓްހައުސް ރަޖިސްޓްރީކޮށްފައިވާ ނަމަވެސް، އޭގެ ތެރެއިން އޮޕަރޭޓު ކުރަމުން ދަނީ 562 ގެސްޓްހައުސްއެވެ. އެއީ 9،216 އެނދެވެ.

މި އަހަރުގެ ޖެނުއަރީ މަހަށް ޓޫރިޒަމް މިނިސްޓްރީއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ހުރި ފަތުރުވެރިންނަށް ހިދުމަތްދޭ އެނދުގެ ކެޕޭސިޓީއަކީ 51،958 އެވެ.

comment ކޮމެންޓް